Saturday, April 11, 2020

ސިޓީ ލިޔުން

ކުލާސް: ގުރޭޑް -8
މާއްދާ : ދިވެހިބަސް

މި އެހީއަކީ ގުރޭޑް 8 ގެ ދަރިވަރުންނަށް އަމިއްލަ ސިޓީއާއި ރަސްމީ ސިޓީގެ އޮނިގަނޑުގައި ހިމެނޭ ބައިތައް ވަކިކޮށް  އޮޅުން ފިލުވައިދިނުމަށް ބޭނުންކުރެވިދާނެ އެހީއެކެވެ. ދަރިވަރުން ކުދި ގްރޫޕްތަކަކަށް ބަހާލައިގެން ވާދަވެރި މާހައުލެއްގައި ސިޓީގެ އޮނިގަނޑުގެ ބައިތައް ދަސްކޮށްދިނުމަށް މި އެހީ ބޭނުންކުރެވިދާނެއެވެ.  އުނގަންނައި ދިނުމުގައި މިފަދަ އެހީތައް ބޭނުންކުރުމަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތައް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިއުމަށް ވަރަށް މުހިންމު ކަމެކެވެ.
ޕްރެސެންޓޭޝަން ޑައުންލޯޑު ކުރެއްވުމަށް ފިއްތަވާލައްވާ

Friday, April 10, 2020

ބަސްކޮށާރު

ކުލާސް : ގުރޭޑް- 6
މާއްދާ : ދިވެހިބަސް

މިއީ ދަރިވަރުންގެ ބަސްކޮށާރު މުއްސަދިކޮށް ، ދިވެހި ބަހުގެ ތެރެއަށް ތަޢާރަފް ކޮށްފައިވާ އައު  ލަފުޒުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި އެބަސްތައް ބޭނުންކުރެވިދާނެ ރަނގަޅު ގޮތާއި ޙާލަތް  ދަރިވަރުންނަށް ދަސްކޮށްދިނުމަށް ބޭނުންކުރެވިދާއެހީއެކެވެ.މިއެހީތައްޔާރުކުރެވިފައިވާނީ  ކުދިން ގްރޫޕްތަކަކަށް ބަހާލައިގެން  ވާދަވެރި  މަހައުލެއްގައި ކުރިޔަށް ގެންދާ  ކަހަލަ ގޮތަކަށެވެ. އެގޮތުން މިއީ ޕަވަރ ޕޮއިންޓު ޕްރެސެންޓޭޝަނެއްގެ އެހީގައި  ތަފާތު ތިން ކުއިޒު ހިމަނައިގެން ތައްޔާރުކުރެވިފައިވާ އެހީއެކެވެ. މިއީ ދަރިވަރުންގެ ފޮތުގައިވާ ފިލާވަޅުތަކުގެ ބޭރުން ދަރިވަރުންގެ ބަސްކޮށާރު މުއްސަދި ކުރުމަށް  ބޭނުންކުރެވިދާނެ އެހީއެކެވެ.

ޕްރެސެންޓޭޝަން ޑައުންލޯޑުކުރެއްވުމަށް ފިއްތަވާލައްވާ

ދޮންބުޅާ



ކުލާސް: ގުރޭޑް- 2
މާއްދާ: ދިވެހިބަސް

މި ވީޑިއޯއަކީ  މަގުމަތީގެ އަދަބުތަކާއި  މުޖުތަމައުގެތެރޭގައި އުޅޭއިރު ގެންގުޅެންޖެހޭ ރީތި އާދަތައް ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ބޭނުންކުރެވިދާނެ ވީޑިއޯއެކެވެ.  މިއީ ފޮތުގައި އޮތް ފިލާވަޅަށް ދިއުމުގެކުރިން ދަރިވަރުން ބޮޑަށް ފިލާވަޅުގެތެރެއަށް ވައްދާލުމަށް ފިލާވަޅު ފެށުމުގެ ޙަރަކާތެއްގެގޮތުގައި  ކުދިންނަށް ދައްކަން  ބޭނުންކުރެވިދާނެ ކުދިން ވަރަށް ޝައުޤުވެރިވާނެ ވީޑިއޯ އެކެވެ. 



މިވީޑިއޯއާއި ގުޅޭ މަސައްކަތު ކަރުދާސް ޑައުންލޯޑުކުރެއްވުމަށް ފިއްތަވާލައްވާ

Thursday, April 9, 2020

އަޑު އެހުމުގެ ދޭހަ


ކުލާސް : ގުރޭޑް : 9
މާއްދާ : ދިވެހިބަސް

މިއީ ދިވެހި ގަޑީގައި އަޑުއެހުމުގެ ދޭހައެއް ގެންދިއުމަށް ބޭނުންކުރެވިދާނެ އޯޑިއޯ  ލަވައެކެވެ. މިއެހީއަކީ ދަރިވަރުންގެ ފޮތުގައި ދެވިފައިވާ އަޑުއެހުމުގެ ފިލާވަޅުތަކުގެ ބޭރުން ދަރިވަރުންގެ އަޑުއެހުމުގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންކުރެވިދާނެ  ދަރިވަރުން ޝައުޤުވެރިވާފަދަ އެހީއަކަށް ވާނެކަމަށް ޤަބޫލުކުރެވެއެވެ. މިއެހީއާއި ގުޅޭ އޯޑިއޯ އާއި  މަސައްކަތު ކަރުދާސް  ތިރީގައި ވާ ލިންކު ތަކުން ލިބެންހުންނާނެއެވެ.

އޯޑިއޯ ޑައުންލޯޑު ކުރެއްވުމަށް  ފިއްތަވާލައްވާ
މަސައްކަތު ކަރުދާސް ޑައުންލޯޑު ކުރެއްވުމަށް ފިއްތަވާލައްވާ