މިބުލޮގާމެދު



މިބުލޮގަކީ ދިވެހިބަސް ކިޔަވައިދިނުމަށް ބޭނުންކުރެވިދާނެ އެހީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ  އެންމެހައި ފަރާތްތަކަށް ފަސޭހަކަމާއިއެކު ފޯރުކޮސްދިނުމުމުގެ މަޤްޞަދުގައި ތައްޔާރުކުރެވިފައިވާ ބުލޮގެކެވެ. މިބުލޮގުގައި އެކި ގުރޭޑުތަކަށް ކިޔަވައިދިނުމަށް ބޭނުންކުރެވިދާނެ އެހީތައް ހިމަނާފައިވާނެއެވެ. އެގޮތުން ގުރޭޑް-1 ން 10 އަކާއި ދެމެދުގެ ކުލާސްތަކަށް ކިޔަވައިދިނުމަށް މިބުލޮގުގައިވާ އެހީތައް ބޭނުންކުރެވިދާނެއެވެ. އެހީތައް ތައްޔާރުކުރުމުގައި ބަހުގެ ހުރިހާ ހުނަރުތަކެއް ދަރިވަރުންގެ ކިބައިގައި އަށަގެންނުވޭފަދަ މަސައްކަތްތަކެއް ހިމެނުމަށް ވަރަށް ބޮޑަށް އިސްކަންދެވިފައިވާނެއެވެ. ހަމައެހެންމެ ދަރިވަރުން ޝައުޤުވެރިވާފަދަ ގޮތްތަކަށް ވިސްނައިގެން އެހީތައް ތައްޔާރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާނެއެވެ. 
ކުރިޔަށް އޮތްތަނުގައި މިބުލޮގް މެދުވެރިކޮށް އުގަންނައިދިނުމަށް ބޭނުންވާ ތަފާތު އެހީތައް ލިބެމުންދާނެ ވާހަކަ ބުލޮގް ބޭނުންކުރައްވާ ފަރާތްތަކުގެ މައުލޫމާތައްޓަކާ ދެންނެވީމެވެ. 
އަޅުގަނޑުގެ އުންމީދަކީ މިބުލޮގުގައި ހިމަނާފައިވާ އެހީތަކަކީ މުދައްރިސުންނަށް ބޭނުންތެރި އަދި ދަރިވަރުންނަށް ފައިދާކުރަނިވި އެހީތަކަކަށް ވެގެންދިއުމެވެ.

No comments:

Post a Comment